ޚަބަރު

ފަޅުރަށަކުން ފެނުނު ކިނބުލެއް އެމްއެންޑީއެފާއި ހަވާލުކޮށްފި

18 އޭޕްރީލް 2026 - 14:05
ފަޅުރަށަކުން ފެނުނު ކިނބުލެއް އެމްއެންޑީއެފާއި ހަވާލުކޮށްފި

ޅ. އަތޮޅުގެ ފަޅުރަށަކުން ފެނުނު ކިނބުލެއް ހިފައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ މިއަދު ހަވާލުކޮށްފިއެވެ.

ދިގުމިނުގައި 5 ފޫޓު ހުރި މި ކިނބޫ ފެނިފައިވަނީ ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށަކަށް ޑިންގީއެއްގައި ދިޔަ ބަޔަކަށެވެ. މި ކިނބޫ ފެނިފައިވަނީ މިއަދު ހެނދުނު 07:00 ހާއިރު ކަމަށް މަޢުލޫމާތު ލިބެއެވެ. ކިނބޫ ފެނުމާއެކު އެ ރަށަށް ދިޔަ މީހުން ވަނީ އެ ސޮރު ހިފައިގެން ޅ. ނައިފަރަށް ގެންގޮސްފައެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހެނދުނު 10:51 ހާއިރުއެވެ.

މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ވަނީ ނައިފަރަށް ގޮސް އެ ކިނބުލާ ހަވާލުވެފައެވެ. ސިފައިން މިހާރު ވަނީ އެ ކިނބޫ ޅ. މާފިލާފުއްޓަށް ގެންގޮސްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0