ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހަކު މޫދު އަޑީގައި އޮއްވާ ފެނިއްޖެ

15 އޭޕްރީލް 2026 - 16:50
ގެއްލިގެން ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހަކު މޫދު އަޑީގައި އޮއްވާ ފެނިއްޖެ

ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހަކު، އެ ރަށު މޫދު އަޑީގައި އޮއްވާ މިއަދު ފެނިއްޖެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 1:48 އެހައިކަންހާއިރުއެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.

ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ މިއަދު މެންދުރުފަހު 3:00 އެހައިކަންހާއިރު ކުޅުދުއްފުށީ ބޮޑަވަކިވާ ބީޗް މޫދު އަޑިންނެވެ. އެމީހާ ފެނުމާއެކު، ވަގުތުން ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލައި، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެ މީހާގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0