ޚަބަރު

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ

9 އޭޕްރީލް 2026 - 09:55
ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ
ފޮޓޯ: ސޯޝަލް މީޑިއާ

ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. 

އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، "ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފ. ނިލަންދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ" ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ވެސް އަދި ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނިލަންދޫ ފަޔަރ ސްޓޭޝަންގެ ޓީމުން ދަނީ އަލިފާން ކޮންޓްރޯލް ކުރުމަށްޓަކައި މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0