ޚަބަރު

ދޮޅުމަހަށްފަހު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މީހަކު އައްޔަންކޮށްފި

6 އޭޕްރީލް 2026 - 09:00
ދޮޅުމަހަށްފަހު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މީހަކު އައްޔަންކޮށްފި

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ހުސްވިތާ 47 ދުވަސްފަހުން އެމަގާމަށް މީހަކު އައްޔަންކޮށްފިއެވެ.

މި މަގާމަށް އައްޔަންކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަޙްމަދު މުޙައްމަދު އެވެ. މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ އިއްޔެ ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ 1995 ވަނަ އަހަރުއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކި ބަހާތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި، އޯގަނައިޒޭޝަނަލް ރިފޯމް އެންޑް ޑިވަލޮޕްމަންޓް، ހުޅުމާލެ ޕޮލިސް ސްޓޭޝަން އަދި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑު ފަދަ ބަހާތަކުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.

ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތަކަކާއި ގުޅިގެން އަހުމަދު މުހައްމަދު ވަނީ ފުލުހުންގެ ވަޒީފާއިން 2021 ވަނަ އަހަރު ވަކިކޮށްފައެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަމުގައި އަލުން ވަނީ އަހުމަދު މުހައްމަދުގެ ވަޒީފާ އީއާދަކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0