ޚަބަރު

އޮޔާދިޔަ ދެކުއްޖަކު ސަލާމަތްކުރަން މަސައްކަތްކުރި މީހަކު ނިޔާވެއްޖެ

3 އޭޕްރީލް 2026 - 21:56
އޮޔާދިޔަ ދެކުއްޖަކު ސަލާމަތްކުރަން މަސައްކަތްކުރި މީހަކު ނިޔާވެއްޖެ

ވ. ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހަކު ނިޔާވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތުދެއްވި ގޮތުގައި އެމީހާ ހާލު ދެރަވެގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު 2026 އޭޕްރީލް 3 ވަނަ ދުވަހުގެ 15:10 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

އަދި އެމީހާއަށް އެރަށު ހެލްތު ސެންޓަރު ގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައި ކަމަށާއި 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0