ޚަބަރު

ގއ. ވިލިނގިލީ ސްކޫލުގައި ރޯވެ އަނދަނީ

3 އޭޕްރީލް 2026 - 00:36
ގއ. ވިލިނގިލީ ސްކޫލުގައި ރޯވެ އަނދަނީ

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގެ ކްލާސްރޫމްތަކެއްގައި އަލިފާން ރޯވެއްޖެއެވެ.

އެ ސަރަހައްދުން މަޢުލޫމާތު ލިބޭ ގޮތުގައި އަލިފާން ރޯވެފައިވަނީ އެ ސްކޫލުގެ ކުރީގެ ސްޓާފް ރޫމުގައެވެ. އަދި މި އަލިފާންގަނޑު އިތުރު ދެ ކްލާސްރޫމަށް ފެތުރިފައިވާއިރު އަލިފާން ނިއްވުމުގެ މަސައްކަތް އެރަށުގެ ރައްޔިތުން ދަނީ ކުރަމުންނެވެ. 

އެ ސަރަހައްދުގައި ހުރި މީހަކު ވިރާސީ އަށް މަޢުލޫމާތުދެމުން ބުނީ އަލިފާން ރޯވެފައިވާ ކްލާސްރޫމާއި ޖެހިގެން ހުންނަނީ ލެބޯޓަރީ ކަމަށާއި އެ ހިސާބަށް އަލިފާންގަނޑު ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އޭސީ އައުޓްޑޯ ޔުނިޓެއްގައި ރޯވެފައިހުއްޓާ ސްކޫލުގެ ސެކިއުރިޓީ ގާޑަކަށް ފެނިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0