އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި މަރުވެފައިއޮތް ބިދޭސީއަކު ފެނިއްޖެ
އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި މަރުވެފައި އޮތް ބިދޭސީ ފިރިހެނަކު މިއަދު ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:41 ހާއިރުއެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ބުނީ އެއީ ބިދޭސީ ފިރިހެނެއް ކަމަށާއި، ނަމަވެސް އެއީ ކާކުކަން އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
މި މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.






ރިއެކްޓް