އިޓަލީން 9 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރެނީ
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތުގެ ދަށުން، އިޓަލީގެ ކުއްލި ހާލަތްތަކަށް ރައްކާކޮށްފައިވާ ކަރޫޑް އޮއިލް ރިޒާވުން 9 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރުމަށް އެ ގައުމުން ނިންމައިފިއެވެ.
މި ފިޔަވަޅަކީ އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައި.އީ.އޭ) އިސްވެ އޮވެ، ތެޔޮ ސަޕްލައި ކުރުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ދިނުމަށާއި ބާޒާރު ހަމައަކަށް އެޅުވުމަށްޓަކައި، އެ އެޖެންސީގެ މެންބަރު ގައުމުތަކުގެ ސްޓްރެޓީޖިކް ރިޒާވުން ތެޔޮ ދޫކުރުމަށް ގޮވާލި ގޮވާލުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފަހަކަށް އައިސް ވަނީ ފީފާއަކަށް 100 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. މިއީ މައިގަނޑު ގޮތެއްގައި ބައިނަލްއަގުވާމީ ސިޔާސީ މަޝްރަހު ހޫނުވުމާއި، މެދުއިރުމަތިން ތެޔޮ ސަޕްލައި ކުރުމަށް ބުރޫއަރާފާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން ދިމާވި ކަމެކެވެ.
އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން، އެ ސަރަހައްދުގެ ތެޔޮ އުފައްދާ މަރުކަޒުތަކަށާއި ތެޔޮ އުފުލާ މަގުތަކަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
މި މަޝްރޫއުގެ ދަށުން އިޓަލީގެ އިތުރުން އައި.އީ.އޭގެ މެންބަރު އެހެން ގައުމުތައް ކަމަށްވާ އެމެރިކާ، ޖަރުމަނުވިލާތް، ފްރާންސް އަދި ޖަޕާނުން ވެސް އެ ގައުމުތަކުގެ ސްޓްރެޓީޖިކް ރިޒާވުން ބައެއް ދޫކުރާނެ ކަމަށް ބެލެވެއެވެ.






ރިއެކްޓް