ދުނިޔެ

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަވެއްޖެ

1 މާރިޗު 2026 - 07:09
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަވެއްޖެ

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވިކަން އީރާނުން އިޢުލާންކޮށްފިއެވެ.

އެމެރިކާ އަދި އިޒްރޭލުން ގުޅިގެން އިއްޔެއިން ފެށިގެން އިރާނަށް ދެމުން ގެންދާ ހަމަލާތަކުގައި ޚާމަނާއީ އަވަހާރަވެއްޖެކަމަށް އެމެރިކާއާއި އިޒްރޭލުން އިއްޔެގެ   ހަވީރުން ފެށިގެން ބުނަން ފަށާފައިވީ ނަމަވެސް އީރާނުން ވަނީ މިއަދުގެ ފަތިހާއި ހަމައަށް އެ ޚަބަރުތައް ދޮގުކޮށްފައެވެ. ނަމަވެސް އިރާނުގެ ދައުލަތުގެ ޓީވީން ވަނީ ދާދި ދެންމެއަކު ޚާމަނާއި އަވަހާރަވެއްޖެކަން ކަށަވަރުކޮށްދީފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ގާތުން ރިޕޯޓުކުރަމުންދާ "އަލްޖަޒީރާ ނިއުސް" އިން ވެސް ޚާމަނާއި އަވަހާރަވެފައިވާކަމަށް ރިޕޯޓުކުރަމުންދާއިރު, އީރާނުގެ މަގުތަކުގައި އީރާނުގެ ރައްޔިތުން މިހާރު ވަނީ ހިތާމަ ފާޅުކުރަން ފަށާފައެވެ.

ޚާމަނާއީ އަވަހާރަވެފައިވަނީ އެމެރިކާއާއި އިޒްރޭލު ގުޅިގެން އިއްްޔެ ޚާމަނާއީ ދިރިއުޅުއްވާ ގެކޮޅަށް ދިން ހަމަލާގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މި ހަމަލާގައި ޚާމަނާއީ ގެ އާއިލީ ބައެއްް ބޭފުޅުންވެސް ނިޔާވެފައިވާކަމަށް ޚަބަރުތައް ލިބެމުންދެއެވެ. އެގޮތުން އަންހެން ދަރިކަނބަލަކާއި ކާފަ ދަރިކަލަކު ނިޔާވިކަމަށް ބައެއް މީޑިއާތަކުނ ދަނީ ރިޕޯޓުކުރަމުންނެވެ.

ޚާމަނާއީ އެންމެ ފުރަތަމަ އީރާނުގެ ވެރިކަމަށް ވަޑައިގަތީ 1981 ވަނަ އަހަރުއެވެ. 1981 ވަނަ އަހަރު އީރާނުގެ ރައީސް ކަމަށް ވަޑައިގަތުމަށްފަހު, 10 އަހަރު ރައީސްކަން ކުރެއްވުމަށްފަހު އީރާނުގެ އޭރުގެ ރޫހާނީ ލީޑަރު ރޫހުالله ޚާމަނާއީ ނިޔާވުމާގުޅިގެން އާޔަތުالله އަލީ ޚާމަނާއީ އެ މަގާމަށް އިސްކުރެވުނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0