ޚަބަރު

ހުޅުމާލެ އެޕާޓްމެންޓެއްގައި ރޯވެ، ފަސް މީހަކު ވަގުތީ ހިޔާއަށް

21 ފެބްރުވަރީ 2026 - 14:31
ހުޅުމާލެ އެޕާޓްމެންޓެއްގައި ރޯވެ، ފަސް މީހަކު ވަގުތީ ހިޔާއަށް

ހުޅުމާލޭ ވަން އެވެނިއު އެޕާޓްމެންޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ. 

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި އެ އެޕާޓްމެންޓްގެ ބަދީގެގައެވެ. 

ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި މި އަލިފާނުގެ ހާދިސާގައި ވަން އެވެނިއުގެ ހަތްވަނަ ފަންގިފިލާގެ އެޕާޓްމެންޓުގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. 

އެންޑީއެމްއޭއިން ބުނީ އެ އެޕާޓްމެންޓުގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ ކެއިންބުއިމާއި ވަގުތީ ބޯހިޔާވެހިކަން, ތިން ދުވަހުގެ މުއްދަތަށް ހަމަޖައްސައިދީފައިވާ ކަމަށެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާއިރު, ފަސް މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ދީފައެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކާއި ކުޑަކުއްޖަކު ހިމެނެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0