ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
ރޯދަ މަސް ފެށުމާއެކު މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށް ޒަކާތު ހައުސް އިން ބުނެފިއެވެ.
ޒަކާތާ ގުޅޭ ކަންކަމަށް އުފައްދާފައިވާ މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ، މިއަދުން ފެށިގެން ރޯދަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.
މި އަހަރު ހަތް ޕްލެޓްފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ. އެއީ، ދިރާގު، އުރީދޫ، ބީއެމްއެލް، އިސްލާމިކް ބޭންކް، ފަހިޕޭ، ބަނޑޭރީ ޕޭ އެޕްލިކޭޝަންގެ އިތުރުން އަވަސް އެޕް އިންނެވެ.
މީގެ އިތުރުން އާދިއްތަ ދުވަހުން ފެށިގެން އިސްލާމީ މަރުކަޒަށް ގޮސް ވެސް ޒަކާތް ދެއްކޭނެ ކަމަށާއި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 10 އިން މެންދުރުފަހު 1 ޖަހަންދެން ކުރިއަށް ދާނެ ކަމަށް ޒަކާތު ހައުސް އިން ބުނެފައިެވއެވެ. ރަށްރަށުގައި ރަށު ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނެއެވެ.






ރިއެކްޓް