ކުޅިވަރު

އޭޝިއަން ރައިފަލް/ޕިސްތޯލް ޗެމްޕިއަންޝިޕުން ރާއްޖޭގެ ފިރިހެން ޔޫތު ޓީމު ލޯ މެޑަލް ހޯދައިފި

7 ފެބްރުވަރީ 2026 - 08:06
އޭޝިއަން ރައިފަލް/ޕިސްތޯލް ޗެމްޕިއަންޝިޕުން ރާއްޖޭގެ ފިރިހެން ޔޫތު ޓީމު ލޯ މެޑަލް ހޯދައިފި

އިންޑިއާގެ ދިއްލީގައި މިހާރު ކުރިއަށްދާ އޭޝިއަން ރައިފަލް އެންޑް ޕިސްތޯލް ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ ފިރިހެން ޔޫތު ޓީމުން 10 މީޓަރު ރައިފަލް މެންސް ޔޫތު ޓީމް އިވެންޓުން ލޯ މެޑަލް ހޯދައިފިއެވެ.

މި މުބާރާތުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން ޔޫތު ޓީމުގައި ހިމެނެނީ ޖަމާލުއްދީން ސްކޫލްގެ ދަރިވަރު މުހައްމަދު ޝާއިލް ހަސަން އާއި، އަރަބިއްޔާ ސްކޫލުގެ ދަރިވަރު އުމަރު މުހައްމަދު ނަޝީދު އަދި ހިރިޔާ ސްކޫލުގެ ދަރިވަރު ރަޔާން މުހައްމަދު ރާމިޒް އެވެ. މިއީ ބައިނަލްއަގުވާމީ މިފަދަ ބޮޑު މުބާރާތެއްގައި ރާއްޖޭގެ ޝޫޓިންގް ޓީމުން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

އޭޝިއަން ޝޫޓިންގް ކޮންފެޑެރޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް ބާއްވަނީ ދިއްލީގެ ޑރ. ކަރްނީ ސިންގް ޝޫޓިންގް ރޭންޖުގައެވެ. މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ޖުމްލަ 16 އެތްލީޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ޕިސްތޯލް ކެޓެގަރީއާއި ރައިފަލް ކެޓެގަރީގެ އިވެންޓްތައް ހިމެނެއެވެ.

ރާއްޖޭގެ ޒުވާން ޝޫޓަރުން ހޯދި މި ކާމިޔާބީއަކީ ރާއްޖޭގައި ޝޫޓިންގްގެ ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ޝޫޓިންގް އެސޯސިއޭޝަނުން ދެކެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0