ދުނިޔެ , ޚަބަރު

އެހެން ގައުމުތަކުގެ ރައްޔިތުންނަށް ބިން މިލްކުކުރުމުގެ ފުރުސަތު ސައުދީގައި ހުޅުވާލައިފި

25 ޖަނަވަރީ 2026 - 09:35
އެހެން ގައުމުތަކުގެ ރައްޔިތުންނަށް ބިން މިލްކުކުރުމުގެ ފުރުސަތު ސައުދީގައި ހުޅުވާލައިފި

ސައުދީ އަރަބިއްޔާގެ "ވިޝަން 2030" އިގްތިސާދީ މަޝްރޫއުގެ ދަށުން، އެ ގައުމުގައި ބޭރުގެ ރައްޔިތުންނަށާއި ކުންފުނިތަކަށް ގެދޮރާއި، ބިމާއި، އަދި ދަނޑުބިން މިލްކުކުރެވޭ ގޮތަށް އައު ގާނޫނެއް ރަސްމީކޮށް ތަސްދީގުކޮށްފި އެވެ. 

މި އައު އުސޫލުގެ ދަށުން، ސައުދީގައި ދިރިއުޅޭ ބޭރުގެ ރައްޔިތުންނަށް އަމިއްލަ ބޭނުމަށް އެއް ބޯހިޔާވަހިކަން ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ސައުދީގައި ދިރިނޫޅޭ ބޭރުގެ ފަރާތްތަކަށް، ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ވަކި ހާއްސަ ސަރަހައްދުތަކަކުން ބިން ގަނެވޭނެ އެވެ.

މީގެ އިތުރުން، ވިޔަފާރި، ސިނާއީ އަދި ދަނޑުވެރިކަމުގެ ބޭނުމަށް ބިން މިލްކުކުރުމުގެ ހުއްދަ މި ގާނޫނުން ފަހިކޮށްދެ އެވެ. މިކަމަށް އެދި ހުށަހަޅަންޖެހެނީ "ރިއަލް އެސްޓޭޓް ޖެނެރަލް އޮތޯރިޓީ" ގެ ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށެވެ.

ސައުދީ އަރަބިއާއިން މިފަދަ ގާނޫނެއް ހެދި ނަމަވެސް މައްކާ އަދި މަދީނާ ފަދަ މުގައްދަސް ސިޓީތަކުގައި ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރުމުގައި މިހާރުވެސް އޮންނަ ހަރުކަށި އުސޫލުތަކަށް ބަދަލެއް ނާންނާނެ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0