ލޭ ލިބުން ދަތިވެ، އާންމުންގެ އެހީއަށް އެދިއްޖެ
ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުން ދަތިވެ، ލޭ ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
މޯލްޑިވްސް ބްލަޑް ސާވިސަސްއިން އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ, ހުރިހާ ވައްތަރެއްގެ ލޭ ވެސް އާޖެންޓް ކޮށް ބޭނުންވާ ކަމަށެވެ.
އެ ސާވިސަސް އިން ވަނީ އޭ ޕޮޒިޓިވް، ބީ ޕޮޒިޓިވް، އޭބީ ޕޮޒިޓިވް، އޯ ޕޮޒިޓިވް، އޭ ނެގެޓިވް، އަދި އޯ ނެގެޓިވްގެ ލޭ ހުންނަ ފަރާތްތަކުން ލޭ ހަދިޔާކޮށްދިނުމަށް އެދިފައެވެ.
ލޭ ހަދިޔާ ކުރެވެނީ އުމުރުން 18އަހަރުން މަތިވެ، ބަރުދަން 45 ކިލޯއަށް ވުރެ މަތި މީހުންނަށެވެ. ލޭ ހަދިޔާ ކުރަން ދިއުމުގެ ކުރިން މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަކުރުމާއި ލޭ ހަދިޔާކުރުމުގެ އެއް ގަޑިއިރު ކުރިން ކެއުމަށް އެ ސާވިސަސް އިން އެދެއެވެ.
ހުޅުމާލޭގެ އޮރެންޖު ހިޔާގައި ހުންނަ މޯލްޑިވްސް ބްލަޑް ސާވިސަސްގެ ބްލަޑް ބޭންކު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8އިން ރޭގަނޑު 8 އަށެވެ.






ރިއެކްޓް