ދުނިޔެ , ޚަބަރު

ގްރޮކް އޭއައި މަނާކުރަން އުޅޭތީ މަސްކް އިނގިރޭސި ސަރުކާރަށް ފާޑުކިޔައިފި

13 ޖަނަވަރީ 2026 - 16:50
ގްރޮކް އޭއައި މަނާކުރަން އުޅޭތީ މަސްކް އިނގިރޭސި ސަރުކާރަށް ފާޑުކިޔައިފި

އެކްސް ގައި ހިމެނޭ "ގްރޮކް" އޭއައި ޓޫލް ބޭނުންކޮށްގެން، މީހުންގެ ރުހުމާ ނުލައި އޮޅުވާލާފައިވާ 'ޑީޕް ފޭކް' ތަސްވީރުތައް އުފެއްދުން ހުއްޓުވުމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަން ފެށުމުން، އެލަން މަސްކް އެ ގައުމުގެ ސަރުކާރަކީ "ފެސިސްޓް" ސަރުކާރެއް ކަމަށް ބުނެ ފާޑުކިޔަިފި އެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ބޭއަދަބީ އަދި ހަގީގަތް އޮޅުވާލާފައިވާ ތަސްވީރުތަކާއި، ހާއްސަކޮށް ކުޑަކުދިން ހިމެނޭ މިފަދަ ތަސްވީރުތައް ފެތުރެމުންދާތީ އިނގިރޭސިވިލާތުގައި ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އިނގިރޭސިވިލާތުގެ މީޑިއާ ރެގިއުލޭޓަރ، އޮފްކޮމް އިން މިހާރު ދަނީ، ގްރޮކްގެ ނާޖާއިޒު ބޭނުން ހިފުން ހުއްޓުވުމަށް އެކްސް އިން ނާކާމިޔާބުވެ، އެ ގައުމުގެ އޮންލައިން ސޭފްޓީ އެކްޓާ ހިލާފުވެފައިވޭތޯ ބަލައި ތަހުގީގު ކުރަމުންނެވެ.

އިނގިރޭސި ސަރުކާރުން ބުނާ ގޮތުގައި، މީހުންގެ ރުހުމާ ނުލައި އެމީހުންގެ ޒާތީ އަދި ބޭއަދަބީ ތަސްވީރުތަކާއި ޑީޕް ފޭކް ފޮޓޯތައް އުފެއްދުމާއި ހިއްސާކުރުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުތައް ދަނީ ހަރުދަނާ ކުރަމުންނެވެ. އަދި މިކަމަށް އެއްބާރުލުން ނުދޭ ޕްލެޓްފޯމްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކުރުން ނުވަތަ އެ ގައުމުގައި ބޭން ކުރުމުގެ އިންޒާރު ވެސް ސަރުކާރުން ވަނީ ދީފަ އެވެ.

ނަމަވެސް މަސްކް ބުނާ ގޮތުގައި މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދެވޭ ހަމަލާއެކެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0