ޚަބަރު , ދުނިޔެ

ވެނެޒުއޭލާ ހަމަލާއާއި ގުޅިގެން ރާއްޖެއިން އަދިވެސް ހަނު!

6 ޖަނަވަރީ 2026 - 21:07
ވެނެޒުއޭލާ ހަމަލާއާއި ގުޅިގެން ރާއްޖެއިން އަދިވެސް ހަނު!
ފޮޓޯ: ވިރާސީ

ވެނެޒުއޭލާއަށް އެމެރިކާއިން ދިން އަސްކަރީ ހަމަލާތަކާއި، އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކުރުމާ ގުޅިގެން ދިވެހި ސަރުކާރުން މިހާތަނަށް އެކަން ކުށްވެރި ނުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.

އެމެރިކާއިން ވެނެޒުއޭލާއަށް ދިން ހަމަލާ އަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށް ދުނިޔޭގެ ގިނަ ގައުމުތަކުން އަޑު އުފުލަމުންދިޔަ ނަމަވެސް މި ކަމުގައި ދިވެހި ސަރުކާރުން އަދި އެއްވެސް ބަޔާނެއް ނެރެފައި ނުވެ އެވެ. އަދި ސަރުކާރުގެ އެހެން އިސް ފަރާތެއްވެސް މިކަމާ ގުޅޭގޮތުން އާންމުކޮށް ވާހަކަދައްކަވާފައެއް ނުވެ އެވެ.

މިއީ އދ. މަޖިލީހުގައި އެތައް ގައުމަކުން ބަހުސްކޮށް ފާޑުކިޔަމުންދާ މައްސަލައަކަށް ވީނަމަވެސް، ރާއްޖެއިން މިކަމުގައި ވަކި އެއްޗެއް ބުނުމުން ވަނީ ދުރުހެލިވެފަ އެވެ.

ބައެއް މީހުން ދެކޭގޮތުގައި މި މައްސަލާގައި ރާއްޖެއިން ބަހެއް ނުބުނެ ހަނުހުރުމަކީ ހަމައެކަނި ހާރިޖީ ގޮތުން ގެންގުޅޭ މެދުތެރޭގެ ސިޔާސަތެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެމެރިކާ ފަދަ ބާރުގަދަ ގައުމަކާ ދެކޮޅަށް ބަސްބުނުމަށް އޮތް ޖެހިލުންވުމެއް ކަމަށް އެފަރާތްތަކުން ސިފަކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0