ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ މާދަމާއަށް ތާވަލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ދެވަނަ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް މިއަދު ބާއްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ވަނީ މާދަމާގެ ޖަލްސާގެ އެޖެންޑާ މީޑިއާއާއި ހިއްސާކޮށްފައެވެ.
މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ހިއުމަންރައިޓްސް ކޮމިޝަނުގެ ރައީސް އައްޔަންކުރުމަށް ކޮމިޓީއަށް ފޮނުވާފައިވާ މައްސަލައަށް ކޮމިޓީން ހުށަހަޅާ ރިޕޯޓު ހުށަހެޅުން އެކަންޏެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ ކުރީގެ އެގްރިކަލްޗަރ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާގެ ނަމެވެ.
މިއަދުގެ ޖަލްސާއަށް ހުށަހެޅި ގާނޫނު އަސާސީއަށް އިސްލާހުގެނައުމުގެ ބިލާއި ޤާނޫނުލް އުޤޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެއް ނުވެއެވެ.






ރިއެކްޓް