ޚަބަރު

ދެ އިންތިޚާބު އެއްކޮށްލާ އިސްލާހު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

5 ޖަނަވަރީ 2026 - 14:39
ދެ އިންތިޚާބު އެއްކޮށްލާ އިސްލާހު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ, ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހުއެވެ.

މި ބިލު މަޖިލިހަށް ބަލައިގަންނަން ފެނޭތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓުދެއްވީ 46 މެންބަރުންނެވެ. އަދި ބިލު ބަލައިގަތުމާއި ދެކޮޅަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 5 މެންބަރުންނެވެ.

މި ބިލު ދިރާސާކުރުމަށް ފޮނުވާފައިވަނީ ޖުޑީޝަރީ ކޮމިޓީއަށެވެ.

މަޖިލީހުގެ ޗުއްޓީ ދުވަސްވަރު ކުއްލި ގޮތަކަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ހުށަހެޅި މި ބިލާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0