ވައިބާ ހެކްކޮށްގެން ދޮޅުލައްކަ ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި
މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން ދޮޅުލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކުރީ އަޙްމަދު ޙައްސާން (33އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހު 30 ގައި ހުށަހެޅުނު މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒް ކޮށްގެން, އޭނާގެ ނަމުގައި އެކި މީހުންނާ ވާހަކަ ދައްކައިގެން އެކި ފަހަރު މަތިން އޮޅުވާލައިގެން ފައިސާ ފޭރުނު މައްސަލައެއްގައި ކަަމަށް ފުލުހުން ބުންޏެވެ.
ކޯޓު އަމުރެއްގެ ދަށުން މި މަހުގެ ހަތަރެއްގައި އޭނާ ހައްޔަރުކޮށް ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.
ފޭރުނު ދޮޅުލައްކަ ރުފިޔާގެ ތެރެއިން 75,000 ރުފިޔާ އަނބުރާ ޙޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.






ރިއެކްޓް