ޚަބަރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނެއް ހޮވަން މާދަމާ ރޭ ގައުމީ މަޖިލިސް ބާއްވަނީ

7 ޑިސެންބަރު 2025 - 12:05
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނެއް ހޮވަން މާދަމާ ރޭ ގައުމީ މަޖިލިސް ބާއްވަނީ

އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ވަގުތީ ގޮތުން މީހަކު ހޮވުމަށް ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާ މާދަމާ ރެއަށް ތާވަލުކޮށްފިއެވެ.

ވަގުތީ ޗެއާޕާސަން ހޮވުމުގެ ކަންކަން ދިގުލައިގެންގޮސްފައިވަނީ އެ މަގާމަށް ކުރިމަތިލެއްވި ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދު އެ މަގާމަށް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެދި އެ ބައްދަލުވުން ހޫނުވެ، ނިޒާމު ގެއްލުމުން ބައްދަލުވުން ވަނީ މެދުކަނޑާލައިފައެވެ. މައްސަލަ ހޫނުވީ ވަހީދު ހޮވުމަށް 48 ވޯޓް ބޭނުންވާއިރު, އެ ރޭ ލިބުނީ 47 ވޯޓް ކަމަށް ސެކެޓްރިއޭޓުން އިއުލާން ކުރުމާއެކުގައެވެ. 

އޭގެ ފަހުން ވައްޑެ ވަނީ ނަން އަނބުރާ ގެންދަވައިފައެވެ. މިވަގުތު އެ މަގާމަށް ކުރިމަތިލާފައި އޮތީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެކަންޏެވެ. 

މާދަމާ ރެއަށް ގައުމީ މަޖިލިސް ތާވަލްކޮށްފައިވާއިރު, ގަޕޯއަށް ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާއީލްގެ ތާއީދު ވެސް އޮތީ ލިބިފައެވެ. އެންމެ ފަހުން ބޭއްވި ޖަލްސާގައި ފައްޔާޒް ތާއީދު ކުރައްވާފައިވަނީ ނަން އަނބުރާ ގެންދެވި ވައްޑެއަށެވެ. 

ފައްޔާޒް ވިދާޅުވީ ގަޕޯއަށް ތާއީދުކުރަން ނިންމެވީ ޕާޓީގެ މަސްލަހަތު އިސްކުރުމަށް ކަމަށެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0