ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ރާއްޖޭގައި ބޭސް އުފައްދަނީ
ރާއްޖެއިން ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ރާއްޖޭގައި ބޭސް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ވިސްނުން ހުރި ކަމަށް ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޭސް ލިބުމުގައި ހުރި ދަތިތަކާ ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ސަރުކާރުގެ ކުންފުނިތައް ހިންގާ ކަމަށާއި ރާއްޖޭގައި ވެސް ބޭހަށް ހާއްސަ ކުންފުންޏެއް އުފެއްދީ ހަމައެކަނި ބޭހުގެ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުމަށް ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މި ކުންފުނިން ރާއްޖޭގެ ޑިމާންޑުތަކާއި އެންމެ ރަނގަޅު ބޭސް އެވެއިލަބަލް ފެކްޓްރީތަކާއި އެންމެ ރަނގަޅު ލިންކްތައް ބަލާނެ ކަމަށެވެ. މި ކަންކަމުގެ އިތުރުން އެ ކުންފުނިން ބޭސް ގެނައުމުގެ އިތުރުން ބޭސް އުފެއްދުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ކައިރި އަވަށްޓެރި ހުރިހާ ގައުމެއްގައި މިހާރު ބޭސް އެބަ އުފައްދާ. އެހެންވީމަ މި ކުނަފުނީގެ އެއް ކަމަކަށް ވާނީ މީގެ ރިސާޗުކޮށް، މިއާ ގުޅޭ ވަރުގަދަ ލެބޯޓްރީތައް ހަދާ، އިންވެސްޓަރުން ހޯދައި، ދިވެހިރާއްޖޭގައި އުފެއްދޭނީ ކޮން ބޭހެއްތޯ އާއި ކުރެވޭނީ ކޮން ކަމެއްތޯ ބަލައި މުޅި ދާއިރާ ފުޅާކުރަމުން ގެންދިއުން،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި ބޮޑު އިންޑަސްޓްރީއަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.






ރިއެކްޓް