ޚަބަރު

ރައީސްގެ ކުރިމަތީގައި ޝަކުވާ ކުރުމުން މިނިސްޓަރު ޝަހީމު ހާމަކޮށްލީ އެމީހާގެ ޒާތީ މަޢުލޫމާތު

24 ނޮވެންބަރު 2025 - 21:45
ރައީސްގެ ކުރިމަތީގައި ޝަކުވާ ކުރުމުން މިނިސްޓަރު ޝަހީމު ހާމަކޮށްލީ އެމީހާގެ ޒާތީ މަޢުލޫމާތު

ރައީސް ޑރ. މުޢިއްޒުގެ ކުރިމަތީގައި ޝަކުވާ ކުރުމުން އޭގެ ޖަވާބެއްގެ ގޮތުން ސަރުކާރުގެ އިދާރާތަކާއި ބޭންކުތަކުންވެސް ޢާންމުކުރަން ދެކޮޅުހަދާ އާއްމުންގެ ޒާތީ މަޢުލޫމާތު އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޯޝަލްމީޑިއާގައި ހާމަކުރައްވައިފިއެވެ.

ޒަކާތު ފަންޑުން އެހީ ނުވިކަމަށް ބުނެ ވިލިމާލޭގައި ރައީސް ބޭއްވި ބައްދަލުވުމުގައި އަންހެނަކު ކުރި ޝަކުވާއެއް ސޯޝަލްމީޑިއާގައި ދައުރުވާން ފެށުމުން ޝަހީމު ވަނީ އެމީހާއަށް ލިބޭ ޢާމްދަނީއާއި ބޭންކުގައި ހުރި ފައިސާގެ އަދަދަށް ދާންދެން ހާމަކޮށްފައެވެ.

މިގޮތުން ޒަކާތު ފަންޑުން އެ އަންހެން މީހާއަށް މިދިޔަ މަހުގެ ތެރޭގައި 15،500ރ ދިން ކަމަށާއި އެމީހާއަށް މިހާރުވެސް ޢާމްދަނީގެ ގޮތުގައި 22 ހާހަށްވުރެ ގިނަ ރުފިޔާ ލިބޭކަމަށް ޝަހީމް ވަނީ ޕޯސްޓުގައި ބުނެފައެވެ.

ބޭންކުގައި ހުންނަ ފައިސާގެ މަޢުލޫމާތަކީ ޢާއްމު މީހުންގެ ޒާތީ މަޢުލޫމާތެއް ކަމުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުންވެސް މިފަދަ މަޢުލޫމާތު އެހެން ފަރާތަކަށް ލިބުމަކީ ނުހަނު އުނދަގޫ ކަމެކެވެ. ނަމަވެސް މިނިސްޓަރު މިވަނީ އެ އަންހެން މީހާގެ މާއުލޫމާތު އެއްވެސް ފޮރުވުމެއް ނެތި ސޯޝަލްމީޑިއާގައި ހާމަކޮށްފައެވެ. މިއީ ޝަހީމްގެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ޒަކާތު ފަންޑާއި ބެހޭ ގޮތުން އެ އަންހެންމީހާ ރައީސްގެ ކުރިމަތީގައި ޝަކުވާ ކުރުމުން އޭގެ ބަދަލު ހިފުމުގެ ގޮތުން ޝަހީމު ކުރެެއްވި ކަމެއް ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0