ޚަބަރު

ރައީސް މުޢިއްޒު ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާތާ 6 މަހަށްވުރެ ގިނަ ދުވަސް

20 ނޮވެންބަރު 2025 - 16:50
ރައީސް މުޢިއްޒު ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާތާ 6 މަހަށްވުރެ ގިނަ ދުވަސް

ދުނިޔޭގެ ރިކޯޑެއް ހެއްދެވުމުގެ މަގްސަދުގައި ރައީސް މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް ފިއްލަވައިގެން އުޅުއްވާތާ 6 މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކަމަށްވާ މިއަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހު ރައީސް މުޢިއްޒު ނޫސްވެރިންނާއި ބައްދަލުކުރެއްވިތާ މިއަދަށް 6 މަހާއި 17 ދުވަސް ވޭތުވެގެން ދިޔައީއެވެ.

14 ގަޑިއިރަށް ދެމިގެންދިޔަ އެ ނޫސްވެރިންގެ ބައްދަލުވުމަށްފަހު ރައީސް މުޢިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވާފައެއް ނުވެއެވެ. 

ނޫސްވެރިންނާއި ގާތް ގުޅުމެއް ބާއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވާ ރައީސް މުޢިއްޒުގެ ވެރިކަމުގައި ނޫސްވެރިންނާއި މިހާތަނަށް ބައްދަލުކޮށްފައިވަނީ އެންމެ ދެ ފަހަރުއެވެ. އެންމެ ފަހުން މެއި މަހު ނޫސްވެރިންނާއި ބައްދަލުކުރެއްވީ 500 އެތައް ދުވަހަކު ފިއްލަވައިގެން އުޅުއްވުމަށްފަހުއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން އިސްވެ އޮވެ ނޫސްވެރިކަމުގެ މިނިވަން ހަނިކުރުމަށް ޚާއްސަ ޤާނޫނެއް ވުޖޫދުކޮށް، އޭގެ ދަށުން ކޮމިޝަނެއް އުފައްދާފައިވާ އިރު، މީޑިއާއާއި އެންމެ ދުރުކަމެއް ބަހައްޓާ ސަރުކާރެއްގެ ގޮތުގައި ފާހަގަވެފައިވަނީ މި ސަރުކާރެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0