ޚަބަރު

ކޮންޓްރޯލް ކޮމިޝަނުގެ އެސްޖީއަކަށް ޕީސީބީގެ ކުރީގެ ރައީސް ހަމްދީ

16 ނޮވެންބަރު 2025 - 20:14
ކޮންޓްރޯލް ކޮމިޝަނުގެ އެސްޖީއަކަށް ޕީސީބީގެ ކުރީގެ ރައީސް ހަމްދީ

މީޑިއާތައް ކޮންޓްރޯލް ކުރުމަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ކުރީގެ ރައީސް ހަމްދީ އަގީލް މިއަދު އައްޔަންކޮށްފި އެވެ.

ހަމްދީ އެސްޖީކަމުގެ މަޤާމަށް އައްޔަންކުރިކަން އިޢުލާންކުރީ އެ ކޮމިޝަނުން މިއަދު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައެވެ.

މީގެ ކުރިން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ހަމްދީ ޕީސީބީން ވަކިކުރީ މިއަހަރުގެ ކުރީކޮޅުއެވެ.

މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ އެސްޖީއެއްގެ މުސާރައަކީ 35,000ރ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0