މުލަކުގައި އަޅާ 50 ރޯހައުސް އަށްވުރެ މީދޫގައި އަޅާ 25 ރޯހައުސްގެ އަގު ބޮޑު
ބިޑު ކުރުމެއް ނެތި ސަރުކާރުން ބޭނުންވާ 53 ކުންފުންޏަކަށް ބަހާލި ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ މ. މުލަކުގައި 50 ރޯހައުސް އެޅުމުގެ ޕްރޮޖެކްޓަށްވުރެ ދ. މީދޫގައި 25 ރޯހައުސް އެޅުމުގެ މަޝްރޫޢުގެ އަގު ބޮޑުކަން ހާމަވެއްޖެއެވެ.
ހަޤީޤީ މާނައިގައި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ޕީއެންސީގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ބަހާލުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން މި މަޝްރޫޢުތަކުގައި ސޮއިކުރި މިމަހުގެ 6 ވަނަ ދުވަހުއެވެ. މިގޮތުން މުލަކުގައި 50 ރޯހައުސް އެޅުމަށް "އޮކްސްރޯ" ނަމަކަށް ކިޔާ ކުންފުންޏަކަށް 32.4 މިލިއަން ރުފިޔާއަށް ދީފައިވާއިރު ދ. މީދޫގައި 25 ރޯހައުސް އެޅުމަށް "އަލްޓެކް މޯލްޑިވްސް" އަށް ދީފައިވަނީ 33.75 މިލިއަން ރުފިޔާއަށެވެ. މިއީ ސަރުކާރުން އިޢުލާންކޮށްފައިވާ މަޢުލޫމާތުތަކުގައި ވާގޮތެވެ.
މީގެ އިތުރުން މުލަކުގައި އަޅާ އަދަދަށް ގދ. ގައްދޫގައި ރޯހައުސް އެޅުމަށް "ވޭވް ލެންތް" އާއި ހަވާލުކޮށްފައިވަނީ 67.5 މިލިއަން ރުފިޔާއަށެވެ. މިއީ މުލަކުގައި 50 ރޯހައުސް އެޅުމަށް ހަވާލުކުރި އަދަދަށްވުރެ ދެގުނައަށް ވުރެ ބޮޑު އަދަދެކެވެ. ލަފާކުރެވޭ ގޮތުގައި މި މަޝްރޫޢުތަކުގެ އަގުތައް މިގޮތަށް ލިޔެވިފައިވަނީ އޮޅުމަކުން ނޫނެވެ. މިއީ އެއްވެސް އެސެސްމަންޓެއް ނެތި، ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ވިޔަފާރި ކުންފުނިތަކާއި ދެމެދު ކޮފީ މޭޒުގައި ވާހަކަދެކެވި އެއްބަސްވެވުނު އަގުތަކެވެ.






ރިއެކްޓް