ކުޅިވަރު

ޖޫނިއާ ސާފިންގް މުބާރާތުގައި ފުރަތަމަ ފަހަރަށް އަންހެން ބައިވެރިން!

29 އޮކްޓޫބަރު 2025 - 23:35
ޖޫނިއާ ސާފިންގް މުބާރާތުގައި ފުރަތަމަ ފަހަރަށް އަންހެން ބައިވެރިން!
ފޮޓޯ: ސިޑިބަރި

ނެޝަނަލް ޖޫނިއާ ސާފިންގް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް އަންހެން ރާޅާ އެޅުންތެރިން ބައިވެރިވެއްޖެ އެވެ. 

މިއަދު މާލޭގެ ވަރުނުލާ ރާޅުގަނޑުގައި ފެށި މި މުބާރާތުގެ އަންޑަރ 18 ގާލްސް ކެޓެގަރީގައި 6 އެތްލީޓުން ވަނީ ބައިވެރިވެފަ އެވެ. މިއީ ގައުމީ ފެންވަރުގެ ޖޫނިއާ ރާޅާ އެޅުމުގެ މުބާރާތެއްގައި އަންހެން ކެޓެގަރީގައި ބައިވެރިން ވާދަކުރާ ފުރަތަމަ ފަހަރެވެ.

ޖޫނިއާ އަންހެން ފުރަތަމަ ހީޓު ކާމިޔާބު ކޮށް ފައިންލަ ހީޓުގެ ފުރަތަމަ ޖާގަ ހޯދީ މުބާރާތުގައި ބައިވެރިވި އުމުރުން އެންމެ ހަގު އެތްލީޓު އާލިޔާ ލަތީފެވެ. އާލިޔާ މި ހީޓު ކާމިޔާބުކުރީ 10.00 ގެ ސްކޯއެއް ހޯދައިގެންނެވެ. މި ހީޓުން ދެވަނަ ހޯދާ ސެމީ ފައިނަލް ރައުންޑަށް ދަތުރުކުރީ 4.70 ގެ ސްކޯއަކާއި އެކު އިމާނީ އެލިޒާ ޝިއާނެވެ. ސެމީ ފައިންލްގެ އަނެއް ޖާގަ ލިބުނީ ހީޓުން ތިންވަނައަށް ދިޔަ އަލައިކާ އަބްދުލް އަލީމް އަށެވެ.

މި ކެޓަގަރީގެ ދެވަނަ ހީޓު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ހޯދީ މަރިޔަމް ޒޯހާ މާދިހެވެ. ޒޯޔާ ހީޓު ކާމިޔާބުކުރީ 7.00 ގެ ސްކޯއަކުންނެވެ. މި ހީޓުގެ ދެވަނަ ހޯދީ 5.50 ގެ ސްކޯއަކުން އައިޝާ ތާރާ ވާސިފެވެ. އަދި ތިންވަނައަށް ގޮސްފައިވަނީ 2.50 ގެ ސްކޯއެއް ހޯދި ސުމައްޔާ މަރްޔަމް އާތިފެވެ.

މި މުބާރާތުގެ ކުރިއަށް ހުރި ހީޓުތަށް މާދަމާ ހެނދުނު 7:30 އިން ފެށިގެން ވަރުނުލާ ރާޅުގަނޑުގައި ކުރިޔަށްދާނެ އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0