މުޒާހަރާއާއި ގުޅިގެން ސަލާމަތީ ބާރުތައް ހައި އެލާޓުގައި
މިއަދު ހަވީރު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން "ލޫޓުވައިފި" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހަވެރި މަގުމަތީ ހަރަކާތާއި ގުޅިގެން ދިފާޢީ ބާރުތައް ހައި އެލާޓަށް ގެނެސް ހަރަކާތްތެރި ވާން ފަށައިފިއެވެ.
"ވިރާސީ" އަށް މަޢުލޫމާތު ލިބުނު ގޮތުގައި ޗުއްޓީއާއި ސަލާމް އަަދި އާއިލީ ޒިންމާ ޗުއްޓީގައި ތިބި ފުލުހުންނާއި ސިފައިން މިއަދު ވަޒީފާއަށް ނުކުންނަން ވަނީ އަންގާފައެވެ.
މީގެ ދެ ދުވަސް ކުރިން ފުލުހުން ވަނީ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ތަމްރީނުތަކެއް ވަނީ ބާއްވާފައެވެ. އަދި އިއްޔެގެ ވަގުތެއްގައި ސަލާމަތީ ބާރުތަކުގެ އިސްވެރިން ވަނީ ސިފައިންގެ މައި މަރުކަޒު, ބަންޑާރަ ކޮށީގައި ބާއްވާފައެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ އެތައް ހައްގުތަކެއް "ލޫޓުވައިފި" ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއާއި އަދާލަތު ޕާޓީ އަދި ޤައުމު އިސްލާހުގެ މަގަށް ގެންދަން ބޭނުންވާ ރައްޔިތުން މިއަދު މަގުމައްޗަށް ނުކުމެ, ސަރުކާރާއި ދެކޮޅަށް އަޑު އުފުލުމަށް ތައްޔާާރު ވަމުން ދާއިރު, އަތޮޅު ތެރެއިން ލޯންޗުތަކާއި ބޯޓުތަކުގައި ރައްޔިތުން ދަނީ މާލެ އަރަމުންނެވެ.






ރިއެކްޓް