ޚަބަރު

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ 15 ބިދޭސީން ހިފަހައްޓައިފި

ޖުލައި 3, 2025 - 13:39
 0
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ 15 ބިދޭސީން ހިފަހައްޓައިފި
މާލޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް -- ފޮޓޯ: ވިރާސީ

ހުޅުމާލޭ ރަށު މާރުކޭޓު ސަރަަހައްދުގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 15 ބިދޭސީން މޯލްޑިވްްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން ސޯޝަލްމީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން ވަނީ އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 37 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިއަ 15 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި މީގެ ތެރޭގައި 10 ފިރިހެނުންނާއި 05 އަންހެނަކު ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ކުރިގެ ސަރުުކާރުތަކާ ޚިލާފަށް މިހާރު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓުކޮށްލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0