ދުނިޔެ

މެކްސިކޯގައި އަނިޔާވެރިކޮށް މަރާލާފައި ތިބި 20 މީހުން ފެނިއްޖެ

ޖުލައި 5, 2025 - 09:19
 0
މެކްސިކޯގައި އަނިޔާވެރިކޮށް މަރާލާފައި ތިބި 20 މީހުން ފެނިއްޖެ
ފޮޓޯ: އަލްޖަޒީރާ

މެކްސިކޯގެ އުތުރުގެ ސިނަލޯއާ ސްޓޭޓްގެ ބްރިޖުން ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި 20 ފިރިހެނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

މަޢުލޫމާތުލިބޭ ގޮތުގައި އެމީހުން މަރާލާފައިވަނީ ބަޑިޖަހައިގެން ކަމަށާއި، ބައެއް މީހުންގެ ބޮލާއި ހަށިގަނޑު ވަކިކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. މި މައްސަލަ ތަހުޤީޤު ކުރަމުން އަންނަ ކަމަށާއި މި ލާއިންސާނީ ޢަމަލު ހިނގި ބަޔަކު އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށް ސިނަލޮއާ ސްޓޭޓުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ސިނަލޯއާގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޑްރަގު ކާޓެލްތަކުގެ ދެމެދުގައި ހިނގަމުންދާ ސިލްސިލާ ހަމަނުޖެހުންތަކުގެ ބައެކެވެ.

ޑްރަގް ކާޓެލްތަކުގެ ހަނގުރާމަ

2024 ވަނަ އަހަރުން ފެށިގެން ސިނަލޯއާ ކާޓެލްގެ ވާދަވެރި ފެކްޝަންތަކުގެ މެދުގައި ހިނގަމުންދާ މި ހަމަނުޖެހުންތަކުގައި މައިގަނޑު ދެ ގްރޫޕެއް ހިމެނެއެވެ. އެއީ އެ ކާޓެލްގެ ކޯ ފައުންޑަރު އެލް މާޔޯއަށް ތާއީދުކުރާ "ލާ މަޔިޒާ" އާއި ކުރީގެ ޑްރަގް ލޯޑް އެލް ޗާޕޯ ގުޒްމަންގެ ދަރިންނާ ގުޅިފައިވާ "ލޮސް ޗެޕިޓޯސް" އެވެ.

މި ސަރަހައްދުގެ ހަމަނުޖެހުންތައް އިތުރަށް ގޯސްވެގެން ދިޔައީ މިދިޔަ އަހަރު ޒަމްބާޑާ އާއި އެލް ޗާޕޯގެ ދަރިއެއް ކަމަށްވާ ޖޮއާކިން ގުޒްމަން ލޯޕޭޒް، އެމެރިކާގެ ޓެކްސަސްގެ އެލް ޕާސޯގައި ހައްޔަރުކުރުމާ ގުޅިގެންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0