ޚަބަރު

މީޑިއާ ކައުންސިލަށް ލީވާން، މުޒައްޔިން އަދި ވަޖުދާ އިންތިޚާބުކޮށްފި

މީޑިއާ ކައުންސިލަށް ލީވާން، މުޒައްޔިން އަދި ވަޖުދާ އިންތިޚާބުކޮށްފި

ޖޫން 21, 2025 - 15:56
 0
މީޑިއާ ކައުންސިލަށް ލީވާން، މުޒައްޔިން އަދި ވަޖުދާ އިންތިޚާބުކޮށްފި
މީޑިއާ ކައުންސިލަށް އިންތިޚާބުވީ މެންބަރުން -- ފޮޓޯ: ސޯޝަލްމީޑިއާ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ހުސްވެފައިވާ ތިން ގޮނޑިއަށް މިއަދު ބޭއްވުނު އިންތިޚާބުގައި އަދަދު ނޫހުގެ ލީވާން އަލީ ނަސީރާއި، ދައުރު ނޫހުގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިނު ނާޒިމް އަދި އަމިއްލަ ގޮތުން ކުރިމަތިލެއްވި ލ. ގަން، ތުނޑި ލިންކު، ހައްވާ ވަޖުދާ ވަނީ އިންތިޚާބުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވުނު އިންތިޚާބުގައި ނޫސްވެރިން ތަމްސީލުކުރާ ދެ ގޮނޑިއަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މުޒައްޔިނަށް 50 ވޯޓު ލިބިފައިވާއިރު، ލީވާނަށް 48 ވޯޓު ލިބުނެވެ. މި ދެ ގޮނޑިއަށް ވާދަކުރި އަނެއް ކެންޑިޑޭޓް މަރިޔަމް މިލްޒަމް މަސްއޫދަށް ލިބިފައިވަނީ ހަތަރު ވޯޓެވެ.

އާންމު ރައްޔިތުން ތަމްސީލުކުރާ ގޮނޑިއަށް އިންތިޚާބުވި ހައްވާ ވަޖުދާއަށް 38 ވޯޓު ލިބިފައިވާއިރު، އެ ގޮނޑިއަށް ވާދަކުރި އަނެއް ކެންޑިޑޭޓް ހދ. ވައިކަރަދޫ، ލިލަކް، ނަހްދާ އާދަމްއަށް ލިބިފައިވަނީ 12 ވޯޓެވެ.

މީޑިއާ ކައުންސިލްގެ މި ތިން ގޮނޑި ހުސްވެފައިވަނީ މިދިޔަ ޑިސެމްބަރު މަހު އަލަށް އިންތިޚާބުކުރެވުނު މެންބަރުންގެ ތެރެއިން ތިން މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މި އިންތިޚާބާއެކު މީޑިއާ ކައުންސިލްގެ ހުރިހާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުވެފައިވާކަން ފާހަގަކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0