ޚަބަރު

މާލޭގައި ރަހީނުކޮށްފައި ހުރި މީހަކު ފުލުހުން ސަލާމަތް ކޮށްފި

ޖުލައި 3, 2025 - 13:16
ޖުލައި 3, 2025 - 17:47
 0
މާލޭގައި ރަހީނުކޮށްފައި ހުރި މީހަކު ފުލުހުން ސަލާމަތް ކޮށްފި
މާލޭގައި ހުންނަ ފުލުހުންގެ މަރުކަޒެއް -- ފޮޓޯ: ވިރާސީ

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބަންގްލަދޭޝް ފިރިހެނެއް ދިވެހި ފުލުހުންގެ ހިދުމަތުން ސަލާމަތްކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މީހަކު ގެއެއްގައި ބަންދުކޮށްފައި ހުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 6:00 ހާއިރުއެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާ ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދަށް ގޮސް، އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެއެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، ރަހީނުކޮށްފައި ހުރި ބަނގްލަދޭޝް މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިހުރި ކަމަށް ފެންނަން ނެތް ނަމަވެސް އޭނާގެ ސިއްހީ ހާލަތު ބެލުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0