ޚަބަރު , ސިޔާސީ

އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް މަޤާމުން ރިޓަޔާ ކުރައްވަނީ

ޖުލައި 7, 2025 - 13:33
ޖުލައި 7, 2025 - 14:48
 0
އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް މަޤާމުން ރިޓަޔާ ކުރައްވަނީ
އެޗްޑީސީގެ އެމްޑީ މައުރޫފް ޖަމީލް --- ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު މައުރޫފް ޖަމީލު މަޤާމުން އިސްތިއުފާދެއްވައި ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މައުރޫފް އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ  22 ވަނަ ދުވަހުއެވެ. އެހެންކަމުން، މައުރޫފު މަގާމުގައި ހުންނަވާތާ އަދި މިވީ އެންމެ ހަ މަސް ދުވަހެވެ. 

މައުރޫފް ރިޓަޔާ ކުރައްވާ ސީދާ ތާރީޙް އަދި އާއްމުކޮށް އަންގަވާފައި ނުވި ނަމަވެސް، މައުރޫފް ރިޓަޔާ ކުރައްވާކަން މުވައްޒަފުންނަށް އަންގާފައިވާކަމަށް "ވިރާސީ" އަށް ވަނީ ކަށަވަރުވެފައެވެ. 

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުކަމަށް މައުރޫފް އައްޔަންކުރެވުނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ފަޒުލް އިސްތިއުފާ ދެއްވީ ފަޒުލްއާއި އޭނާގެ ބޭބެ ހުޅުމާލެއިން ބިންތަކެއް ނުހައްޤުން ހޯދާފައިވާކަމަށް ބުނާ ލިޔެކިޔުންތަކެއް އާންމުވެ، ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމަށްފަހުއެވެ.

މައުރޫފަކީ، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އަދި ހުޅުމާލެ ތަރައްޤީވެގެން އައި އިރު އެ މަޝްރޫޢުގައި މަޢުރޫފު ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

އަދި މީގެ އިތުރުން އެޗްޑީސީ އިތުރު ހަރުފަތްތަކަށް ހިންގެވުމުގެ ޤާބިލުކަން ހުރި ހިންގުންތެރިއެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ސިފަ ކުރައްވާފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0