ދުނިޔެ , ޚަބަރު

ޣައްޒާއިން ތެޔޮ ހުސްވެ ޑައިލިސިސްގެ ހިދުމަތް ހުއްޓިއްޖެ

"ޣައްޒާއަށް ތެޔޮ ނުލިބުމަކީ ބަލި މީހުން މަރާއި ކުރިމަތިލާން ޖެހޭ ކަމެއް"

ޖުލައި 1, 2025 - 16:00
ޖުލައި 1, 2025 - 15:44
 0
ޣައްޒާއިން ތެޔޮ ހުސްވެ ޑައިލިސިސްގެ ހިދުމަތް ހުއްޓިއްޖެ
ޣައްޒާގެ ހޮސްޕިޓަލެއްގައި ޑައިލިސިސް ފަރުވާ ދެނީ -- ފޮޓޯ: އަލްޖަޒީރާ

ޣައްޒާގެ އަލް-ޝިފާ މެޑިކަލް ކޮމްޕްލެކްސްގައި ތެޔޮ ހުސްވުމާ ގުޅިގެން ކިޑްނީ ޑައިލިސިސްގެ ހިދުމަތް މުޅިން ހުއްޓިއްޖެއެވެ. 

ޣައްޒާގެ ހެލްތް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، "ޣައްޒާއަށް ތެޔޮ ނުލިބުމަކީ ބަލި މީހުން މަރާއި ކުރިމަތިލާން ޖެހޭ ކަމެއް" ކަމަށް ބުނެ، ކަމާއި ބެހޭ ފަރާތްތަކުން ޣައްޒާގެ ސިއްހީ ނިޒާމު ސަލާމަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ.

އަދި އެ ހޮސްޕިޓަލުގެ އައިސީޔޫގެ ހިދުމަތް ވެސް ކުރިއަށް ގެންދެވޭނީ ކުރިއަށް އޮތް މަދު ވަގުތުކޮޅަކަށް ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ހަމަލާތައް ދޭން ފެށީ 7 އޮކްޓޯބަރު 2023 ގައި ހަމާސް ޖަމާއަތުން އިސްރާއީލާއި ދެކޮޅަށް ދިން ހަމަލާތަކާއި ގުޅިގެންނެވެ. މި ހަމަލާތަކާއި ގުޅިގެން ރައްދު ދިނުމުގެ ގޮތުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުންދާއިރު، އިސްރާއީލުން ދަނީ ޣައްޒާއަށް ދަތިކުރުމުގެ އެކި ފިޔަވަޅުތައް ވެސް އަޅަމުންނެވެ.

އިސްރާއީލުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޣައްޒާއަށް ތެޔޮ އާއި އެހީގެ ތަކެތި ވެއްދުން މަނާކުރުން ހިމެނެއެވެ. މިކަމުގެ ސަބަބުން ޣައްޒާގެ ސިއްހީ ނިޒާމު އޮތީ ވަރަށް ބޮޑަށް ފުނޑުފުނޑުވެފައެވެ.

އަދި މިހާރު ވަނީ އެންމެ އަސާސީ ސިއްހީ ހިދުމަތްތައް ވެސް ދިނުމަށް ނުކުޅެދޭ ހާލަތަކަށް ގޮސްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0