ފެށިގެން މިދިޔައީ ރާއްޖެއާއިސިންގަޕޫރުގެ ގުޅުމުގެ އާ ބާބެއް: ރައީސް

ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުމުގެ އައު ބާބެއް ފެށިގެން ގޮސްފިކަމުގައި ރައީސް މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ސިންގަޕޫރުން ފުރާވަޑައިގަންނަވަމުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ސިންގަޕޫރުގެ ބޮޑުވަޒީރުގެ އިތުރުން ސިންގަޕޫރުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރުއަދާކުރައްވާފައިވެއެވެ.
އަދި ދެޤައުމުގެ ދެމެދުގައި މުހިއްމު މަޝްވަރާތަކެއް ކުރެވިފައިވާކަމަށާއި ފައިދާކުރަނިވި ފަހުމުނާމާތަކެއްގައި ސޮއިކުރެވިފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި ސިންގަޕޫރުގައި ބޭއްވުނު ބިޒްނަސް ފޯރަމުން ވިޔަފާރި އަދި އިންވެސްޓްމަންޓްތަކުގެ އުއްމީދީ ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި އަހަރަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ.
ރިއެކްޓް



