ކުޅިވަރު , ޚަބަރު

ފީފާ ރޭންކިންގައި ރާއްޖެ ހަތް ދަރަޖަ ފަހަތަށް

ފީފާ ރޭންކިން ގައި ރާއްޖެ މިހާރު އޮތީ ދުނިޔޭގެ 172 ވަނައިގައި

ޖުލައި 12, 2025 - 11:59
ޖުލައި 12, 2025 - 12:19
 0
ފީފާ ރޭންކިންގައި ރާއްޖެ ހަތް ދަރަޖަ ފަހަތަށް
ފީފާ ލީގު ކަޕް މެޗެއްގެ ތެރެއިން --- ފޮޓޯ: ވިރާސީ

އެންމެ ފަހުން ނެރުނު ފީފާ ވޯލްޑް ރޭންކިން ގައި ދިވެހިރާއްޖެ 7 ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ. ކޮންމެ މަހަކުވެސް ފީފާ އިން ނެރޭ ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި ރާއްޖެ މިދިޔަ މަހު އޮތީ ދުނިޔޭގެ 164 ވަނައިގައެވެ. ނަމަވެސް މިހާރު ރާއްޖެ އޮތީ ދުނިޔޭގެ 172 ވަނައިގައެވެ. 

މި ވެއްޓުމާއެކު، ރާއްޖެ ވެފައިވަނީ މި ސަރަހައްދުން (ދެކުނު އޭޝިޔާ އިން) އެންމެ ބޮޑު ވެއްޓުމަކާއި ކުރިމަތިލާން ޖެހުނު ޤައުމަށެވެ. ކުރިން ސަރަހައްދީ ޗެމްޕިއަންގެ މަގާމުވެސް ދެ ފަހަރު ހޯދައިފާ ދިވެހި ރާއްޖެ އަށް މިއީ ވަރަށް ބޮޑު ގެއްލުމެކެވެ.

ރާއްޖޭގެ ގައުމީ ޓީމް އެންމެ ފަހުން ކުޅެފައިވަނީ އޭޝިއަން ކަޕް ކޮލިފައިންގައެވެ. ފިލިޕީންސް އާއި ޓީމޯ ލެސްޓޭ އާއި އެކީ ކުޅުނު ދެ މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. މި ބައްޔާއެކު ގައުމީ ކޯޗު އަލީ ސުޒެއިން ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

ކުރިން ރާއްޖެ އާއި އެންމެ ވާދަވެރި އިންޑިއާ ވެސް ވަނީ ހަ ދަރަޖަ ފަހަތަށް ވެއްޓިފައެވެ. ނަމަވެސް އިންޑިއާ އަދިވެސް އޮތީ ރާއްޖެއަށް ވުރެ ކުރީގައި، ރޭންކިންގެ 133 ވަނައިގައެވެ.

ކުރިއާއި އަޅާބަލާއިރު، ސަރަހައްދުން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައި ވަނީ އަވައްޓެރި ސްރީ ލަންކާ އަށެވެ. ސްރީ ލަންކާއިން ވަނީ އޭޝިއަން ކަަޕް ކޮލިފައިންގައި ޗައިނީސް ޓައިޕޭ އާއި ބުރޫނާއީ ވެސް ބަލިކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0