އީލޮން މަސްކު ސިޔާސީ ޕާޓީއެއް އުފައްދައިފި

"ދަ އެމެރިކާ ޕާޓީ" ގެ ނަމުގައި އެމެރިކާގެ ބިލިއަނަރު އީލޯން މަސްކު ސިޔާސީ ޕާޓިއެއް އުފައްދައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޖެހުނު މައްސަލަގަނޑަށްފަހު މަސްކު މި ޕާޓި އުފައްދާފައިވަނީ ސޯޝަލްމީޑިއާގައި އޭނާއަށް ފޮލޯކުރާ މީހުންނަށް ވޯޓަށް ހުޅުވާލައި އޭގެއިން ލިބުނު ޚިޔާލުގެ މައްޗަށެވެ.
މަސްކު ހުޅުވާލި ޕޯލް އަށް ވޯޓު ދިން 1.2 މިލިއަން މީހުންގެ ތެރެއިން 65 އިންސައްތަ މީހުން އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ތާއީދުކޮށް ވޯޓު ދީފައިވެއެވެ.
ޕާޓީ އުފެއްދިކަން އިއުލާންކުރަމުން މަސްކު ބުނީ " ދަ އެމެރިކާ ޕާޓީ" އުފެއްދީ ރައްޔިތުންނަށް އަނބުރާ ހަގީގީ މިނިވަންކަން ހޯދައިދިނުމަށް ކަމަށެވެ.
އަދި އެމެރިކާގާއި އިސްކޮށް ދެ ޕާޓީ ހަރަކާތްތެރިވިޔަސް ޤައުމު ބަނގުރޫޓުކޮށް ބޭކާރު ޚަރަދުކުރާނަމަ ދެޕާޓީ އެއްވެ އެއް ބައެއްގެ ގޮތުގައި މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް އެއީ ޑިމޮކްރަސީއެއް ނޫންކަމުގައި މަސްކު ވަނީ ސިފަކޮށްފައެވެ.
އެމެރިކާގެ މިހާރުގެ ރައީސް އިންތިޚާބުކުރުމުގައި މުހިއްމު ރޯލެއް ކުޅުނު މަސްކު ވަނީ އެ އިންތިޚާބަށް 250 މިލއަން ޑޮލަރަށްވުރެ ގިނައިން ޚަރަދުކޮށްފައެވެ. އަދި ޓްރަމްޕު ވެރިކަމަށް ހުވާކުރުމަށްފަހު އެންމެ ފުރަތަމަވެސް އައު ޑިޕާޓްމަންޓެއް އުފައްދައި މަސްކު އަށް ވަޒީފާދިންކަން ފާހަގަކޮށްލެވެއެވެ.
ނަމަވެސް މިދިޔަ މެއި މަހުގެ ތެރޭގައި މަސްކު ވަނީ އޭނާގެ ވަޒީފާއަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން ޓްރަމްޕުގެ ސަރުކާރާއި ދުރަށް ގޮސްފައެވެ. އަދި ޓްރަމްޕުގެ ލެޖިސްލޭޓިވް އެޖެންޑާއަށް މަސްކު ދަނީ ފާޅުގައި ފާޑުކިޔަމުންނެވެ.
ރިއެކްޓް



