ދުނިޔެ , ޚަބަރު

އެމެރިކާއިން ސީރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމައިފި

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެގްޒެކެޓިވް އަމުރެއްގައި ސޮއިކުރަން ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ނިންމާފަ

ޖުލައި 1, 2025 - 11:24
 0
އެމެރިކާއިން ސީރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ގޫގުލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެގްޒެކެޓިވް އަމުރެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ވައިޓް ހައުސްއިން މިއަދު ހާމަކޮށްފިއެވެ.

ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި މިއީ ސީރިއާގެ ދާޚިލީ ހަނގުރާމަ ދިގުލައިގެން ދިއުމަށްފަހު، އެ ޤައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ. މި ނިންމުމަކީ މެއި މަހު ޓްރަމްޕް ކުރި އިއުލާނާ ގުޅިގެން ނިންމި ނިންމުމެއް ކަމަށްވެސް ވައިޓް ހައުސްއިން ފާހަގަކޮށްފައިވެއެވެ.

ވައިޓް ހައުސްގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ޓްރަމްޕް މި އެގްޒެކެޓިވް އަމުރުގައި ސޮއިކޮށް، "ސީރިއާއަށް ތަނަވަސްކަމާއި ސުލްހައިގެ މަގެއް" ހޯދުމަށް ވަކާލާތު ކުރާނެއެވެ. އަދި މިއީ ރައީސް ވައުދުވެފައިވާ ކަމެއްކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ނިންމުމާ ގުޅިގެން ތުރުކީގައި ހުންނަ އެމެރިކާގެ ސަފީރު ޓޮމް ބާރަކް ވަނީ، އިސްރާއީލާއި އީރާނާ ދެމެދު ހިނގި ހަނގުރާމައަށްފަހު، ސީރިއާ، ލުބުނާން އަދި އިސްރާއީލާ ދެމެދު ސުލްހައިގެ އެއްބަސްވުންތަކެއް ވުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ފާހަގަކޮށްފައެވެ. އަދި އެމެރިކާއިން ސީރިއާއަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ވަނީ މި ހަނގުރާމައިގެ ސަބަބުން އެފަދަ އެއްބަސްވުންތަކެއް ވުމުގެ ފުރުސަތު އިތުރުވެފައިވާ ކަމަށް ބުނެފައެވެ.

ވައިޓް ހައުސްއިން އިތުރަށް ބުނެފައިވާ ގޮތުގައި ޓްރަމްޕްގެ އަމާޒަކީ ސީރިއާއަކީ ދާޚިލީ ގޮތުންނާއި އަވަށްޓެރި ޤައުމުތަކާއެކު ހަމަޖެހުމާއި އެއްބައިވަންތަކަން އޮންނަ، ސުލްހަވެރި ޤައުމަކަށް ހެދުމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0