އެއާ އިންޑިއާގެ ތިން އޮފިޝަލަކު މަގާމުން ވަކިކުރުމަށް އިންޑިއާގެ ސިވިލް އޭވިއޭޝިއަނުން އަންގައިފި
އެއާ އިންޑިއާގެ ތިން އޮފިޝަލަކު މަގާމުން ވަކިކުރުމަށް އިންޑިއާގެ ސިވިލް އޭވިއޭޝިއަނުން އަންގައިފި

އިންޑިއާގެ ސިވިލް އޭވިއޭޝަން ރެގިއުލޭޓަރު، ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން އެއާ އިންޑިއާގެ ތިން އިސް އޮފިޝަލަކު ވަގުތުން މަގާމުން ވަކިކުރުމަށް އަމުރުކޮށްފިއެވެ.
މީގެ ތެރޭގައި ހިމެނޭ ޑިވިޝަނަލް ވައިސް ޕްރެޒިޑެންޓް ވަކިކޮށްފައިވަނީ ފްލައިޓް ކްރޫ ޝެޑިއުލްކުރުމާއި ރޯސްޓަރިންއާ ގުޅުންހުރި އެންމެހައި މަސްއޫލިއްޔަތުތަކުންނެވެ.
މި ފިޔަވަޅު އަޅާފައިވަނީ އެއާ އިންޑިއާގެ އިންޓަގްރޭޓެޑް އޮޕަރޭޝަންސް ކޮންޓްރޯލް ސެންޓާ (އައިއޯސީސީ) އިން ހެދި އޮޑިޓަކަށް ފަހުގައެވެ.
ޑީޖީސީއޭ އިން ފާހަގަކުރި ގޮތުގައި، މެއި 16 އަދި 17 ގައި ބެންގަލޫރުން ލަންޑަން ހީތުރޯއަށް ދަތުރުކުރި ދެ ފްލައިޓް ވަނީ ފްލައިޓް ޑިއުޓީ ޓައިމް ލިމިޓް (އެފްޑީޓީއެލް) ހުރަސްކޮށްފައެވެ.
ރެގިއުލޭޓަރުގެ ނޯޓިހުގައި ބަޔާންކޮށްފައިވާ ގޮތުން، މި ދަތުރުތަކަކީ ކުއްލި ނުވަތަ ހާއްސަ ހާލަތެއްގައި ހިންގި ދަތުރުތަކެއް ނޫނެވެ. އަދި މިއީ 2019 ވަނަ އަހަރުގެ އޭޕްރީލް 24 ގައި ނެރެފައިވާ ސިވިލް އޭވިއޭޝަން ރިކުއާމެންޓް (ކޭއޭއާރް) އާ ހިލާފު ދަތުރުތަކެކެވެ.
ޓާޓާ ގްރޫޕްގެ ދަށުން ހިންގާ އެއާ އިންޑިއާއަށް ޑީޖީސީއޭ އިން ވަނީ އެ ތިން އޮފިޝަލުންނާ މެދު ލަސްވުމެއްނެތި ފިޔަވަޅު އެޅުމަށް އަންގާފައެވެ. އަދި މިކަމަށް އަމަލުނުކޮށްފިނަމަ، އެއާލައިންގެ އޮޕަރޭޓިން ހުއްދަ ބާތިލްކުރުމުގެ އިތުރުން އިތުރު ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެއާ އިންޑިއާއިން ބުނެފައިވަނީ ރެގިއުލޭޓަރުގެ އިންޒާރުތަކުގެ ސީރިއަސްކަން ގަބޫލުކުރާ ކަމަށާއި، އަމުރުތައް ތަންފީޒުކުރާނެ ކަމަށެވެ. އަދި ވަގުތީ ގޮތުން، ކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސާ (ސީއޯއޯ) އިންޓަގްރޭޓެޑް އޮޕަރޭޝަންސް ކޮންޓްރޯލް ސެންޓާ (އައިއޯސީސީ) އަށް އެއްބާރުލުން ދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ރިއެކްޓް



