ދުނިޔެ , ޚަބަރު

އަފްގާނިސްތާނުގައި ރާޒުވާކުޅުން މަނާކޮށްފި

ރާޒުވާކުޅުން މަނާކުރީ މުއްދަތެއް ނެތްގޮތަށް

މޭ 14, 2025 - 19:05
ޖޫން 30, 2025 - 23:26
 0
އަފްގާނިސްތާނުގައި ރާޒުވާކުޅުން މަނާކޮށްފި
ރާޒުވާ ކުޅިތަކެއް -- ފޮޓޯ: ޗެސް ޑޮޓްކޮމް

އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ސަރުކާރުން، ރާޒުވާއަކީ ގޭމްބްލިންއާ ގުޅުން ހުރި ކުޅިވަރެއްކަމަށް ބުނެ، މުއްދަތެއް ނެތް ގޮތަށް ގައުމުގައި ރާޒުވާ ކުޅުން މަނާކޮށްފިއެވެ.

އެ ގައުމުގެ ސްޕޯޓްސް ޑިރެކްޓޮރޭޓް ސްޕޯކްސްޕާސަން އަތަލް މަޝްވާނީ ވިދާޅުވި ގޮތުގައި، "އިސްލާމީ ޝަރީއަތުގައި ރާޒުވާ ބެލެވެނީ ގޭމްބްލިންއާ ގުޅުން ހުރި ކަމެއް ގޮތުގައި. ކުޅިވަރެއް ގޮތުގައި ބެލެވިފައި އޮންނަ ރާޒުވާއާ ދީނީ ގޮތުން ފުށުއެރުންތަކެއް އެބަހުރި." އަދި މި ކަންކަމަށް ހައްލެއް ލިބެންދެން، އަފްޣާނިސްތާނުގައި ރާޒުވާ ކުޅުން މަނާ ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން މަޝްވާނީ ފާހަގަކުރެއްވި ގޮތުގައި، އެ ގައުމުގެ ރާޒުވާ ފެޑެރޭޝަނުން ފާއިތުވި ދެ އަހަރު އެއްވެސް މުބާރާތެއް ބާއްވާފައި ނުވާ ކަމަށާއި ލީޑާޝިޕް ލެވެލްގައި ވެސް މައްސަލަތަކެއް ހުރި ކަމަށެވެ. ނަމަވެސް، މި ނިންމުމާ ގުޅިގެން އެ ގައުމުގައި ނުރަސްމީ މުބާރާތްތައް ބާއްވަމުން އަންނަ ކެފޭއަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
2021 ވަނަ އަހަރު ވެރިކަމަށް އައި ފަހުން، ތާލިބާނުން ވަނީ ކުޅިވަރުތަކުގައި ވާދަ ކުރުމުގެ ފުރުސަތުތައް ވަރަށް ބޮޑަށް ހަނިކޮށްފައެވެ. މީގެ ތެރޭގައި އަންހެނުންނަށް އެއްވެސް ކުޅިވަރެއްގައި ޝާމިލުވެ އުޅުން މަނާކުރުމާއި، މިދިޔަ އަހަރު މިކްސްޑް މާޝަލް އާޓްސް ފަދަ ފްރީ ފައިޓިން މުބާރާތްތަކުގައި ބައިވެރިވުން މަނާކުރުން ހިމެނެއެވެ. ތާލިބާނުން ބުނެފައިވަނީ މިފަދަ ކުޅިވަރުތަކަކީ ނުރައްކާތެރި އަދި އިސްލާމީ ޝަރީއަތާ ފުށުއަރާ ކުޅިވަރުތަކެއް ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0