ދުނިޔެ

މަޝްވަރާއަށް ވަފުދު ފޮނުވިޔަސް ހަމާސްގެ ހުށަހެޅުންތަކަށް އެއްބަހެއް ނުވަން: ނަތަންޔާ

ޖުލައި 6, 2025 - 19:58
 0
މަޝްވަރާއަށް ވަފުދު ފޮނުވިޔަސް ހަމާސްގެ ހުށަހެޅުންތަކަށް އެއްބަހެއް ނުވަން: ނަތަންޔާ
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ -- ފޮޓޯ:ޕޮލިޓިކޯ

މަޝްވަރާތަކަށް ވަފުދު ފޮނުވާފައިވީކަމުގައި ވިޔަސް ހަމާސްގެ ހުށަހެޅުންތަކަށް އެއްބަސްނުވާކަމުގައި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

60 ދުވަހަށް ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ހަމާސްއިން ހުށަހަޅާފައިވަނީ 3 ބަދަލެކެވެ. 

އޭގެތެރޭގައި ހިމެނެނީ ހަނގުރާމަ ހުއްޓާލައިގެން ތިބޭ 60 ދުވަސް ނިމުމަށްފަހު ވެސް، ހަނގުރާމަ ނިމުމަކަށް ގެނައުމާ ބެހޭ ވާހަކަތައް ކުރިއަށް ގެންދިއުމާއި އިންސާނީ އެހީ ފޯރުކުރުމުގެ ކަންކަން އދ. ގެ ބެލެހެއްޓުމުގެދަށުން ކުރިއަށް ގެންދިއުމާއި އިސްރާއީލުގެ ސިފައިން ޣައްޒާގައި ތިބެންވީ ތަންތަން ކަނޑައެޅުން ހިމެނެއެވެ.


އިޒްރޭލުން ހަނގުރާމަ ހުއްޓާކުމާބެހޭ މަޝްވަރާތަކަށް ވަފުދެއް ޤަތަރަށް ފޮނުވާފައިވިޔަސް ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކަށް ހުއްޓުމެއް ނާދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0