ދުނިޔެ

ބްރެޒިލްގެ ކުރީގެ ރައީސްގެ ފައިގައި ޓެގު އަޅުވައިފި

ޖުލައި 20, 2025 - 09:40
 0
ބްރެޒިލްގެ ކުރީގެ ރައީސްގެ ފައިގައި ޓެގު އަޅުވައިފި
ފޮޓޯ: ގެޓީ އިމޭޖަސް

ބްރެޒިލްގެ ކުރީގެ ރައީސް އެ ގައުމު ދޫކޮށް ފިލައިފާނެ ކަމުގެ ބިރު އޮތުމާ ގުޅިގެން، އޭނާގެ ފައިގައި އިލެކްޓްރޯނިކް ޓެގެއް އަޅުވައިފިއެވެ. 

މި ފިޔަވަޅު އަޅާފައިވަނީ ބްރެޒިލްގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.

2022 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައެއްގެ ތަހުގީގުގައި ފުލުހުން ވަނީ ޖައިރު ބޮލްސޯނާރޯގެ ގެ އާއި އޮފީސް ރެއިޑުކޮށްފައެވެ. ސުޕްރީމްކޯޓު އަމުރުގައި ވަނީ ބޮލްސޯނާރޯގެ ފައިގައި ޓެގު އެޅުވުމަށް ސީދާ އަމުރުކޮށްފައެވެ.

އޮފިޝަލުން ހާމަކުރި ގޮތުގައި، ކޯޓު އަމުރުގެ ދަށުން ބޮލްސޯނާރޯއަށް ވަނީ ގައުމުން ބޭރުގެ އެއްވެސް ފަރާތަކާ މުއާމަލާތް ކުރުމާއި، ބްރެޒިލްގައި ހުރި ބޭރު ގައުމުތަކުގެ އެމްބަސީތަކަށް ވަނުން މަނާކޮށްފައެވެ. އަދި އެއްވެސް ސޯޝަލް މީޑިއާ ވަސީލަތެއް ބޭނުންކުރުން ވެސް ވަނީ މަނާކޮށްފައެވެ.

ބްރެޒިލްގެ ނޫސްތަކުން ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޮލްސޯނާރޯ އާއި އޭނާގެ ދަރިކަލުން އެޑުއެޑޯ، ސިއްރު އެޖެންޑާއެއްގެ ދަށުން ބްރެޒިލްއާ ދެކޮޅަށް ފިޔަވަޅު އަޅާން އެމެރިކާ ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރި ކަމުގެ ތުހުމަތުތަކެއް ވެސް ކުރެވިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބޮލްސޯނާރޯގެ މައްޗަށް ކުރަމުން އަންނަ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލައްވައިފައެވެ. އަދި "ބްރެޒިލްއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރާނެ" ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0