ޚަބަރު , ވިޔަފާރި

ސަބްސްކްރިޕްޝަން ޕޭމަންޓްތައް ހަނިނުކުރަން، ފައިސާ ބަލައިނުގަންނަނީ މާޗަންޓުން: ބީއެމްއެލް

4 ޖޫން 2026 - 20:06
ސަބްސްކްރިޕްޝަން ޕޭމަންޓްތައް ހަނިނުކުރަން، ފައިސާ ބަލައިނުގަންނަނީ މާޗަންޓުން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކުރާ ސަބްސްކްރިޕްޝަން ފައިސާގެ މުއާމަލާތްތައް އެ ބޭންކުން ހަނިކޮށްފައި ނުވާނެ ކަމަށާއީ ފައިސާ ބަލައިނުގަންނަނީ ބޭރުގެ ފަރާތްތަކުން ކަމަށް ބީއެމްއެލުން ބުނެފިއެވެ.

ބީއެމްއެލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ސަބްސްކްރިޕްޝަން ފައިސާ ދެއްކުމަށް ކުރާ މުއާމަލާތްތަކަކީ ކާޑުތަކަށް ކަނޑައަޅާފައިވާ ދުވަހުން ދުވަހަށް ކުރެވޭ ބޭރު ފައިސާގެ ލިމިޓުގެ ތެރޭގައި ހިމެނޭ މުއާމަލާތްތަކެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ޕޭމަންޓްތައް ބޭންކުން ހުއްޓުވާފައި ނުވާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ނަމަވެސް، އެކި ސަބަބުތަކާ ހުރެ ބައެއް ސަބްސްކްރިޕްޝަން ޕޭމަންޓްތައް މާޗަންޓުން ނުވަތަ ޚިދުމަތްދޭ ފަރާތްތަކުން ރިޖެކްޓް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. މީގެ ސަބަބުން ބައެއް ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިވަމުންދާކަން ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

ބީއެމްއެލުން އިތުރަށް ބުނެފައިވަނީ، އެއްވެސް ކަސްޓަމަރެއްގެ ސަބްސްކްރިޕްޝަން ޕޭމަންޓެއް ދެއްކުމުގައި މައްސަލައެއް ދިމާވެއްޖެނަމަ، ސީދާ ބޭންކަށް ގުޅުމަށް އެދޭ ކަމަށެވެ. އަދި އެފަދަ މައްސަލަތަކަށް ވަގުތުން ހައްލެއް ހޯދައިދޭނެ ކަމަށް ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0