ޚަބަރު

ފުލުހުންގެ ޚިދުމަތުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

2 ޖޫން 2026 - 10:15
ފުލުހުންގެ ޚިދުމަތުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައިވާކަމަށް އެ ޚިދުމަތުން ހާމަކޮށްފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި މުއައްސަސާގެ އޮނިގަނޑަށް މި ފެށުނު ޖޫންމަހުގެ 1 ވަނަ ދުވަހު ވަނީ ބަދަލުތަކެއް ގެންނަން ފަށާފައެވެ. އެގޮތުން ފުލުހުންގެ ހިދުމަތްތަކާއި، ތަހުގީގުގެ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައިވާނެ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

އަލަށް އެކުލަވާލި އޮނިގަނޑުގެ ކޮމާންޑް ލެވެލްގައި ހިމެނެނީ:

•⁠  ⁠އޮފީސް އޮފް ދަ ކޮމިޝަނަރ
•⁠  ⁠ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
•⁠  ⁠ޕްރޮފެޝަނަލް ސްޓެންޑަރޑްސް
•⁠  ⁠ނޭޝަނަލް އިންޓެލިޖެންސް ސަރވިސް
•⁠  ⁠އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް
•⁠  ⁠ފޮރެންސިކް ސަރވިސަސް
•⁠  ⁠ސެންޓްރަލް އިންވެސްޓިގޭޝަންސް
•⁠  ⁠މާލޭ ޕޮލިސް
•⁠  ⁠ހުޅުމާލޭ ޕޮލިސް
•⁠  ⁠ނޮދަން ޕޮލިސް
•⁠  ⁠ސަދަން ޕޮލިސް
•⁠  ⁠ސަރވިސް ޑިވެލޮޕްމަންޓް
•⁠  ⁠ސަރވިސް ސަޕޯޓް
•⁠  ⁠ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ 

ފުލުހުން ވިދާޅުވި ގޮތުގައި މި އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ފުލުހުންގެ ނިޒާމެއް ގާއިމުކުރުމަށެވެ.

އަދި މި ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0