ސިޔާސީ , ޚަބަރު

މަޖިލީހުގެ ނައިބު ރައީސްކަމަށް ޕީއެންސީން ސަލީމް، އެމްޑީޕީން ޒިޔާދު

1 ޖޫން 2026 - 09:53
މަޖިލީހުގެ ނައިބު ރައީސްކަމަށް ޕީއެންސީން ސަލީމް، އެމްޑީޕީން ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ނަން ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހުށަހަޅައިފިއެވެ. މީގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ފަރާތުން އެ މަގާމަށް ހުށަހަޅާފައިވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަމެވެ.

ރައްޔިތުންގެ މަޖިލީހުގައި އިންނެވި އެންމެ ގިނަ ދުވަސްވީ އެއް މެންބަރު ކަމަށްވާ ސަލީމްގެ ނަން މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުއެވެ. ސަލީމްގެ އިތުރުން ޕީއެންސީގެ ފަރާތުން އެހެން އެއްވެސް ބޭފުޅަކު މި މަގާމަށް ވާދައެއް ނުކުރައްވައެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުސައިން ޒިޔާދުގެ ނަން ހުށަހެޅުއްވީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0