ސިޔާސީ , ޚަބަރު

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ނިންމައި ސޮއި ހަމަކޮށްފި

13 މޭ 2026 - 13:38
ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ނިންމައި ސޮއި ހަމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައި، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ އަދަދަށް މިހާރު ވަނީ ސޮއި ހަމަކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ޕީއެންސީގެ ޕީޖީ ގުރޫޕުން ބޭއްވި ބައްދަލުވުމެއްގައި ފާސްކޮށްފައި ވަނީ ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ވަގުތުން ފެށުމަށެވެ.

މި ނިންމުމާ ގުޅިގެން ޕީޖީ ގުރޫޕުގެ މެންބަރަކު ވިދާޅުވީ، "ހަމަ ވަގުތުން ބޭނުންވާ އަދަދަށް ސޮއި ހަމަ ކުރެވިއްޖެ"ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ. މިހާރު އޮތް 93 މެންބަރުންގެ މަޖިލީހުގައި އެއީ މަދުވެގެން 24 މެންބަރުންގެ ސޮޔެވެ.

ނާޒިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ކުއްލި ގޮތަކަށް މި ފެށީ ރައީސް މުއިއްޒު ނާޒިމަށް އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވި ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ.

ބޭނުންވާ އަދަދަށް ސޮއި ހަމަވެފައިވާތީ ކުރިއަށް އޮތް ރަސްމީ ވަގުތުތަކުގައި މި މައްސަލަ މަޖިލީހުގެ އިދާރާއަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0