ދުނިޔެ

ހޯރްމުޒް ކަނޑުއޮޅި ނޫން އެހެން މަގުތަކުން ތެޔޮ ބޭރުކުރުމަށް ގަލްފުގެ ގައުމުތަކުން މަސައްކަތްކުރަނީ

Strait of Hormuz kanduolhi noon ehen maguthakun theyo beyrukurumah gaumuthakun masakkaiy kurany

2 އޭޕްރީލް 2026 - 09:55
ހޯރްމުޒް ކަނޑުއޮޅި ނޫން އެހެން މަގުތަކުން ތެޔޮ ބޭރުކުރުމަށް ގަލްފުގެ ގައުމުތަކުން މަސައްކަތްކުރަނީ

ހޮރްމުޒް ކަމޑުއޮޅި ބަންދުވެ ތެޔޮގެ ސަޕްލައިއަށް ނުރައްކާވަމުންދާތީ، އެ މަގު ނޫން އެހެން މަގުތަކުން ތެޔޮ ބޭރުކުރުމަށް ގަލްފުގެ ގައުމުތަކުން މަސައްކަތްކުރަން ފަށައިފިއެވެ.

އީރާނާ ގުޅުންހުރި ހަމަނުޖެހުންތަކުގެ ސަބަބުން ތެޔޮ ސަޕްލައިއަށް ބުރޫއަރާފާނެތީ، ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނޭހެން ތެޔޮ އުފައްދާ ގައުމުތަކުން ދަނީ މިހާރު ހުރި ހޮޅިލައިންތައް މެދުވެރިކޮށް، ކަނޑުއޮޅި ނޫން އެހެން މަގުތަކުން ތެޔޮ އެކްސްޕޯޓްކުރުން އިތުރުކުރަމުންނެވެ.

ހޮޅިލައިންތަކުގެ ނެޓްވޯކް ފުޅާކުރުމުގެ ވާހަކަތަކަށް ސަމާލުކަން ލިބެމުންދިޔަ ނަމަވެސް، ކަމާބެހޭ މާހިރުން ބުނާ ގޮތުގައި މިހާރު ހުރި ބަދަލު މަގުތަކުން އުފުލޭނީ ހޯރްމުޒް ކަނޑުއޮޅިން އާންމުކޮށް ދަތުރުކުރާ ތެލުގެ ވަރަށް ކުޑަ މިންވަރެކެވެ.

ދުނިޔޭގެ ތެލުގެ ޝިޕްމަންޓްތަކުގެ ގާތްގަނޑަކަށް 20 އިންސައްތަ ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާއިރު، މިއީ އަދިވެސް އެންމެ މުހިންމު އެއް މަގު ކަމަށްވުމުން، އެ ސަރަހައްދުގެ ނުތަނަވަސްކަމަށް ދުނިޔޭގެ ބާޒާރުތަކުން ދަނީ ވަރަށް ބޮޑަށް ފާރަވެރިވަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0