ދުނިޔެ

ހަނގުރާމައަށް ހަ ދުވަސް: މަރުވި މީހުންގެ އަދަދު 1،300 އަށްވުރެ މައްޗަށް

5 މާރިޗު 2026 - 19:02
ހަނގުރާމައަށް ހަ ދުވަސް: މަރުވި މީހުންގެ އަދަދު 1،300 އަށްވުރެ މައްޗަށް

އީރާނާއި، އެމެރިކާ އަދި އިސްރާއީލު ބައިވެރިވާ ހަނގުރާމައަށް ހަ ދުވަސް ވެފައިވާއިރު، ބުރާސްފަތި ދުވަހާ ހަމައަށް މުޅި ސަރަހައްދުން މަރުވި ކަމަށް ރިޕޯޓްކޮށްފައިވާ މީހުންގެ ޖުމްލަ އަދަދު 1،300 އަށްވުރެ މައްޗަށް އަރައިފިއެވެ.

މި ކުރިމަތިލުންތައް ފެށުނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް ދިން ހަމަލާތަކާއެކުގައެވެ.

ފުރަތަމަ ދިން ހަމަލާތަކަށްފަހު، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ ބައެއް އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކުރީގެ އަންދާޒާތަކަށް ބަލާއިރު، ހަމައެކަނި އީރާނުން ވެސް 1،200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އާންމުންނާއި އަސްކަރިއްޔާގެ މީހުން ހިމެނެއެވެ. މީގެ އިތުރުން އިސްރާއީލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ގައުމުތަކުންނާއި، އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ ތެރެއިން ވެސް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވުމާއެކު، މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،300 އަށްވުރެ މައްޗަށް އަރާފައެވެ.

މި ހަނގުރާމަ ފުޅާވެ، މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގެ އިތުރުން ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުގައި ވެސް އަސްކަރީ ހަރަކާތްތައް ހިނގަން ފަށާފައެވެ. ދެ ފަރާތުން ވެސް އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު، މަސްރަހު ފިނިވާނެ ފަދަ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން، ކުރިއަށް އޮތް ދުވަސްތަކުގައި ހަނގުރާމަ އިތުރަށް ވަރުގަދަވެ، އިތުރު ގައުމުތަކެއް މި ކަމުގެ ތެރެއަށް ވަދެދާނެ ކަމުގެ އިންޒާރު ދިރާސާކުރާ ފަރާތްތަކުން ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0