އީރާނުގެ ދެ ޑްރޯން ސައުދީގައި ހުންނަ އެމެރިކާ އެމްބަސީއަށް ހަމަލާދީފި
ސައުދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަ އެމެރިކާ އެމްބަސީގެ ކޮމްޕައުންޑަށް އީރާނުގެ ދެ ޑްރޯންއަކުން ވަނީ ހަމަލާދީފައިވާކަމަށް ރިޕޯޓުތަށް ބުނެފި.
މި ހާދިސާގައި އެމްބަސީގެ އިމާރާތަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބި، ކޮމްޕައުންޑް ތެރޭގައި އަލިފާން ރޯވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މިހާތަނަށް އެއްވެސް މީހަކު މަރުވިކަން ނުވަތަ އަނިޔާވިކަން ކަށަވަރު ކުރެވިފައެއް ނުވާއިރު، ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ވަގުތުން ހަރަކާތްތެރިވެ، އަލިފާންގަނޑު ކޮންޓްރޯލްކޮށް، ލިބުނު ގެއްލުންތައް ބަލަން ފަށާފައެވެ.
މި ހަމަލާ ދީފައިވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އެތެރޭގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކާ ގުޅިގެން ސަރަހައްދީ ހަމަނުޖެހުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ފަހުން އިރާނުން ވަނީ ގަލްފް ސަރަހައްދުގައި ހުރި އެމެރިކާ އާއި އެގައުމުގެ ބައިވެރިންގެ ތަންތަނަށް އަމާޒުކޮށް ޑްރޯން އާއި މިސައިލް ހަމަލާތަކެއް ދޭން ފަށާފައެވެ.
މި ހަމަލާއާ ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނުވަތަ ސައުދީގެ އޮފިޝަލުން ވެސް އަދި ތަފްސީލީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް، ޑިޕްލޮމެޓިކް މިޝަނަކަށް މިފަދަ ހަމަލާއެއް ދިނުމަކީ މަސްރަހު އިތުރަށް ގޯސްވެ، ސަރަހައްދީ ހަނގުރާމަ ފުޅާވެދާނެ ކަމުގެ ބިރު ބޮޑުވެގެންދާނެ ކަމެކެވެ.






ރިއެކްޓް