ދުނިޔެ

20 މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެއްގައި ޗައިނާގެ ކުރީގެ ޖަސްޓިސް މިނިސްޓަރު އުމުރަށް ޖަލަށްލައިފި

3 ފެބްރުވަރީ 2026 - 08:55
20 މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެއްގައި ޗައިނާގެ ކުރީގެ ޖަސްޓިސް މިނިސްޓަރު އުމުރަށް ޖަލަށްލައިފި

ފަހުގެ ތާރީހެއްގައި ޗައިނާގައި ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު އެއް މައްސަލައިގައި، ގާތްގަނޑަކަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ ރިޝްވަތު ނެންގެވިކަން ސާބިތުވެ، އެ ގައުމުގެ ކުރީގެ ޖަސްޓިސް މިނިސްޓަރު ޓޭންގް ޔީޖުން އުމުރަށް ޖަލަށްލުމަށް ޗައިނާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން، ޓޭންގް ވަނީ ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރަށްވުރެ ގިނަ ދުވަހު އޭނާ ފުރުއްވި މަތީ މަގާމުތަކުގެ ނުފޫޒު ބޭނުންކުރައްވައިގެން، ވިޔަފާރީގެ މުއާމަލާތްތަކާއި، ލޯނާއި، ބިމުގެ މުއާމަލާތްތަކުގެ އިތުރުން ޝަރުއީ ކަންކަމުގައި ގަވާއިދާއި ހިލާފަށް ނާޖާއިޒު ފައިދާ ހޯދައިދީ، އޭގެ ބަދަލުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ހޯއްދަވާފައެވެ. މި ހުކުމާއެކު އޭނާގެ ސިޔާސީ ހައްގުތަށް އުމުރަށް އަތުލައި، އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝަރީއަތުގެ މަޖިލީހުގައި ޓޭންގް ވަނީ ކުށަށް އިއުތިރާފުވެ، އެކަމާ ހިތާމަކުރާކަން ހާމަކޮށްފައެވެ.

މި ނިންމުމަކީ ރައީސް ޝީ ޖިންޕިންގް ފަށްޓަވާފައިވާ ކޮރަޕްޝަނާ ދެކޮޅު ވަރުގަދަ ކެމްޕޭނުގެ ދަށުން، ސަރުކާރާއި ޝަރުއީ ދާއިރާގެ އެންމެ މަތީ ފަންތީގެ އޮފިޝަލުންނަށްވެސް ފަސްޖެހުމެއްނެތި ފިޔަވަޅު އަޅަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0