ޔުއާން ދުނިޔޭގެ ރިޒާވް ފައިސާއަށް ހެދުމަށް ޗައިނާއިން ގޮވާލައްވައިފި
ދުނިޔޭގެ މާލީ ނިޒާމުގައި ޗައިނާގެ ނުފޫޒު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ގައުމުގެ ފައިސާ ކަމަށްވާ ޔުއާން (ރެންމިންބީ) އަކީ ދުނިޔޭގެ ރިޒާވް ފައިސާއަކަށް ހެދުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ގޮވާލައްވައިފި އެވެ.
ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ މަޖައްލާއެއްގައި ޝާއިރުކޮށްފައިވާ ބަސްފުޅުތަކެއްގައި ރައީސް ޝީ ވިދާޅުވީ، ބައިނަލްއަގުވާމީ ވިޔަފާރިއާއި ރިޒާވްގައި މުހިންމު ދައުރެއް އަދާކުރާނެ "ވަރުގަދަ ފައިސާއެއް" ޗައިނާއަށް ބޭނުންވާ ކަމަށެވެ. މާލީ ދާއިރާގެ މާހިރުން ދެކޭގޮތުގައި މިއީ އެމެރިކާ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ޗައިނާއިން ކުރަމުންދާ ބޮޑު މަސައްކަތުގެ ބައެކެވެ. ނަމަވެސް، ރަސްމީ ކޮންޓްރޯލްތަކާއި މާލީ މާކެޓުގެ ދެފުށް ފެންނަ މިންވަރު ކުޑަވުން ފަދަ ބޮޑެތި ގޮންޖެހުންތަކެއް އަދިވެސް އެބަހުއްޓެވެ.
މިވަގުތު ދުނިޔޭގެ ރިޒާވްގައި ޔުއާންގެ ހިއްސާ ނިސްބަތުން ކުޑަނަމަވެސް، ވިޔަފާރީގެ މުއާމަލާތްތަކާއި، ކަރަންސީ ސްވޮޕް އެއްބަސްވުންތަކުގެ އިތުރުން ޑިޖިޓަލް ޔުއާން ތައާރަފުކޮށްގެން ޗައިނާއިން ދަނީ އެ ފައިސާގެ ބޭނުން ހިފުން އިތުރުކުރުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.






ރިއެކްޓް